ޑިފެންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަންގެ ކުޑަ ނަމަވެސް އަމަލެއް ހިނގާނަމަ ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފިއެވެ.
މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އެއްވެސް ޝައްކެއް ކުރެވޭކަމުގައިވާނަމަ އެންޓިކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންނަށް އަދި ތަހްގީގީ އެހެން އިދާރާތަކަށް ރިޕޯޓްކޮށް ހަގީގަތް ބެލުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
Alhugandu hawaal vefaiva evves Office ehga evves baavathehge corruption eh hingaa kamah kudaves shakkeh vanama ekan @ACC_Maldives @PoliceMv adhi minoon thahqyqy idhaaraa thakah report koh haqyqeh bellevumy alhuganduge edhumeh @MNDF_Official @ndmamv @CustomsMv @ImmigrationMV
— Mariya Didi (@MariyaDidi) January 17, 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަން އިންތިހާއަށް ގޮސް، ވެރިންނަށް ނުހައްގު ތަނަވަސްކަން ލިބިގެން ދިޔަ ކަމަށް ތުހްމަތުކުރެވޭއިރު، ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޝަނެއް އުފައްދައިފަ އެވެ.