އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުގައި ބުދަ ދުވަހު ދޫނިދޫގައި ނައްތާލާފައި ވަނީ، 2016 އިން 2018 އަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެއްޗެވެ.
fuluhunge belumuge dhashugai huri gina adhadhehge masthuvaathakethi nahthaalaifi.https://t.co/6Sell9MQXs pic.twitter.com/Y02CSRscWu
— Maldives Police (@PoliceMv) January 16, 2019
އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 1425 ރަބަރު ޕެކެޓާއި، 388 ސެލޯފިންކޮޅާއި، 19 ބުލެޓާއި، ފިލްމް ހުސްކުރި 11 ދަޅާއި، 637 ބޭސްގުޅަ ހިމެނެއެވެ. ބުދަަ ދުވަހު ނައްތާލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 8613.3125 ގްރާމެވެ.
ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން އިތުރު މަސައްކަތްތަކެއް ވެސް ފަށާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.