ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިފައިވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާއަކީ ރ ދުވާފަރު، ފެހިހިޔާގޭ އަބްދުﷲ އާދަމްއެވެ.
ފުލުހުން ބުނީ، ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން އަބްދުﷲ އާދަމް ފޭބިތާ ދެ ގަޑިއިރުވީ ފަހުން ވެސް ޚަބަރު ނުވާ ކަމަށެވެ.
އެގޮތުން އަބްދުﷲ އާދަމް ގޮވައިގެން ދަތުރުކުރި ދޯނީގައި ތިބި މީހުން ވަނީ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނަށް ބުދަ ދުވަހުގެ 10:25 ހާއިރު އެކަން އަންގާފައި ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ސްޕީޑު ބޯޓުގައި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެއެވެ.