އަބޫދާބީގެ ގައުމީ ތެޔޮ ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރުމާއިމެދު މަޝްވާރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަަށް ގެންދެވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިހާރު އަބޫދާބީއަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަބޫދާބީގެ ނޭޝަނަލް އޮއިލް ކޮމްޕެނީ (ޢެޑްނޮކް) ޑިސްޓްރިބިއުޝަންގެ އެކްޓިންގ ސީއީއޯއާ ފޮރިން މިނިސްޓަރ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
އަބޫދާބީގައި އަންގާރަ ދުވަހު ބޭއްވުނު މިބައްދަލުވުމުގައި، ދެ ޤައުމު ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރުކުމާއި، އެޑްނޮކްގެ ފަރާތުން ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮަށްފައެވެ.
މިނިސްޓަރ ޝާހިދުގެ އަރިހުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން ޢަމްރު މުޙައްމަދު ރަޝާދު އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ޢަބްދުލްވާރިޡް ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަބޫދާބީގެ ގައުމީ ތެޔޮކުންފުނިން ރާއްޖޭގައި އިންވެސްޓްކުރުމާއިމެދު މަޝްވާރާކޮށްފައިވާއިރު، ދާދިފަހުން މި ސަރުގެ ތެޔޮކުންފުނިން ވަނީ އެކުންފުނިން ވިއްކާ ޑީސަލްއާއި ޕެޓްރޯލްގެ އަގު ހެއުކޮށްފައެވެ. އެގޮތުން ޑީސަލް ލިޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ ހޯމަދުވަހުން ފެށިގެން ވަނީ އަގު ހެއުކޮށްފައެވެ.