ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި 23 އަހަރުގެ އަންހެން މީހާ މަރުވީ ދޫނިދޫ ޖަލުގައި ކަމަށެވެ. އަދި އެކަން ހިނގައިދިޔަގޮތް ފުލުހުން ދަނީ އިތުރަށް ބަލަމުންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުގެ މައްސަލަ ހިނގުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަދި ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް އެކަން އަންގާފައިވާކަމަށެވެ. އަދި އެޗްއާރުސީއެމްއިންވެސް މަރުގެ މައްސަލަ ތަހުޤީޤްކުރަމުންދަކަމަށް ފުލުހުން ބުންޏެވެ.
މަރުގެ އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ދޫނިދު ޖަލަކީ ތަހުޤީޤް މަރުހަލާގައި މީހުން ހައްޔަރުކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ ޖަލެކެވެ.