މަސްތުވާއެއްޗެހި ބޭނުންކޮށްގެން ހުރި ކަމުގެ ތުހުމަތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަސްތުވެގެން ހުރި ކަމުގެ ތުހުމަތު ކުރެވިގެން ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
އެގޮތުން، ފުލުހުންނަށް ކުރެވުނު ތުހުމަތުގެ ސަބަބުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓު އޭނާގެ ޖީބުން ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެ މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.