އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާ އެކު ފިލި މައްސަލައިގައި ހިތްހަމަނުޖެހި އާއިލާއިން އޭނާ މަރާލައިފިއެވެ.
މަރާލާފައިވާ އަންޖަނާގެ ހަށިގަނޑު ފެނިފައި ވަނީ އާދިއްތަދުވަހު އިންޑިއާގެ ތިން ވަނައަށް އެންމެބޮޑު ސްޓޭޓް ކަމަށްވާ ބިހާރުގެ ޖާޔާ ސީޓީންނެވެ.
މިކުއްޖާ ގެއްލުނު ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ހުށައަޅާފައި ވާއިރު އެ މައްސަލައިގެ ތަހުގީގު ލަސްވާތީ އާއިލާ އިން ފުލުހުންނަށް ފާޑުކިޔާފައިވާ ކަމަށް ޖާޔާ ސްޓޭޓްގެ ޕޮލިސް ޗީފް ރަޖީވް ކުމާރު މިޝްރާ ބުނެފައި ވެއެވެ. ނަމަވެސް އަންހެން ކުއްޖާގެ ހަށިގަނޑު ފެނިގެން އާއިލާއަށް ގުޅުމުން އެކުއްޖާ ހަށގަނޑު ބަލާ ނާންނަން ވެގެން އެކި އުޒުރު ދައްކަމުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
މިކަމުގެ ސަބަބުން މި މާރާއި އާއިލާއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް މިޝްރާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން ހުކުރުދުވަހު އަންޖަނާގެ ބައްޕަ ހައްޔާރުކޮށްފައިވާއިރު މަންމަ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިކުއްޖާގެ ދައްތަ ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ އަންހެން ކުއްޖާގެ ރައްޓެއްސަކާ އެކު ނިއު އިޔާ ނައިޓްގައި ފެނިފައިވާ ކަމަށެވެ.
އިންޑިއާއަކީ އާއިލާގެ ނުގަބޫލުގައި މީހުނާ ކައިވެނިކޮށް އަދި ރައްޓެހިވާ މީހުން މަރާލުމުގެ ސަގާފަތެއް އޮންނަ ތަނެއް ކަން ފަހަގަ ކޮށްލެވެއެވެ
އިންޑިއާގެ ނޭޝަނަނަލް ކްރައިމް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރު މިފަދަ މައްސަލަތަކުގައި 69 މީހުން މަރާލާފައި ވެއެވެ. މިއީ މިފަދަ މައްސަލަތަކުގައި މިހާ ގިނަ އަދަދަކަށް މީހުން މަރާލި އަހަރެވެ. މިއީ ރެކޯޑް އަދަދެކެވެ.