ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސް އެވޯޑްސްގެ ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
މި އެވޯޑް ލިބުމުން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސްގެ ފަރާތުން ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް އެވޯޑް ލިބުމަކީ، އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
އަދި މި ޝަރަފުވެރި އެވޯޑާއެކު، އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް އެކުންފުނީގެ އިންވެސްޓަރ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް ގަބޫލުކުރާކަމަށެވެ.
"އުރީދޫ މޯލްޑިވްސްގެ ޙިއްޞާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށް، މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
އެގޮތުން، އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ޙިއްޞާ، 8257 ހިއްސާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ހިއްސާ އަކީ ކުންފުނީގެ ދޫކޮށްފައިވާ ހިއްޞާގެ %9.5 އެވެ.
މި ކުރިއެރުމާއެކު، އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން، އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.
އިންވެސްޓަރ ރިލޭޝަންސްގެ ދާއިރާއިން އުރީދޫ މޯލްޑިވްސްއަށް ލިބިފައިވާ ކާމިޔާބީގެ އިތުރުން، 2018 ވަނަ އަހަރު ނިމިގެން ދިޔައީ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ވެސް އެކުންފުންޏަށް ރަންވަނަ ތަކެއް ޙާސިލްވުމާ އެކުއެވެ. މީގެ ތެރޭގައި، އެކްސެލަންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ ހިމެނެއެވެ.