ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 14:30
ދިޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް
ދިޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް
ގޫގުލް
ބޮލީވުޑް
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
ޕަދްމިނީގެ ގަދަރު ގެއްލޭނެ އެއްވެސް މަންޒަރެއް ފިލްމުގައި ނުފެންނާނެ

ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް މަޝްހޫރު ފިލްމް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދަމުން އަންނަ ފިލްމް" ޕަދްމާވަތީ" ގައި ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެކުގައި ނުފެންނާނެ ކަމަށް އެފިލްމްގެ ޓީމުން ބުނެފިއެވެ.

 

"ޕަދްމާވަތީ"ގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ވަނީ ރާނީ ޕަދްމިނީގެ ރޯލްކުޅޭ ( ދިޕިކާ ޕަދުކޯން) އާއި އަލާއުއްދީން ހިލްޖީ ރޯލް ކުޅޭ (ރަންވީރު ސިންގް) އެކުގައި އެއްވެސް މަންޒަރަކުން ނުފެންނާނެ ކަމަށެވެ. އަދި ރާނީ ޕަދްމިނީގެ ގަދަރު ގެއްލޭނެ އެއްވެސް މަންޒަރެއް އެފިލްމުގައި ނުފެންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

 

މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާ އެކު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ޖެއިޕޫރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގައި، ސަންޖޭއަށް ހަމަލާ ދިނުމުގެ ސަބަބުން ފިލްމްގެ ޝޫޓިންގް ވަނީ މެދު ކަނޑާލުމަށް ފަހު ޓީމު އަނބުރާ މުމްބައީ އަށް ގޮސްފައެވެ.

 

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ވިކްރަމް ސިންހަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެޕާޓީން މުޒާހަރާ ކުރަމުން ދަނީ ތާރީޚީ ގޮތުން ދޮގު މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.

 

އެކްޓިވިސްޓުން ބުނެފައިވަނީ އެމީހުންގެ އަތުގައި ހުރި ފޮތްތަކުގައި ރާނީ ޕަދްމިނީ އާއި އަލާއުއްދީން ހިލްޖީގެ ލޯބީގެ ވާހަކަތަކެއް ނެތް ކަމަށެވެ. ނަމަވެސް ބަންސާލީގެ ފިލްމުގައި އެފަދަ ލޯބީގެ މަންޒަރުތަކެއް ހިމަނާކަމަށެވެ.

 

"ޕަދްމާވަތީ" ގައި ލީޑު ރޯލް އަދާކުރަނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދް ކަޕޫރެވެ.

 

ޖަޔަޕޫރުގައި ހިނގި ހަމަނުޖެހުމަށްފަހު މެދުކަނޑާލާފައިވާ "ފަދްމާވަތީ" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އެއް ތަރި ކަމަށްވާ ޝާހިދު ކަޕޫރު ވަނީ ދާދިފަހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައެވެ.

- ކޮމެންޓް