އެެމޭޒަންގެ ސީއީއޯ ޖެފް ބެއިޒޯސް އާއި އަނބިކަނބަލުން މަކެންޒީގެ 25 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.
ދެ ކަނބަލުންގެ ވަރީގެ ވާހަކަ އިއުލާނުކޮށްފައި ވަނީ ބުދަ ދުވަހު ޓްވިޓަރގައި އާއްމުކޮށްފައިވާ ގުޅިފައިވާ ބަޔާނުގައެވެ.
ޒަމާންވީ ދިގު ލޯތްބަކަށްފަހު އަދި ވަކިން ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ވަރިވުމަށް ނިންމައި އަދި އެކުވެރިންގެ ގޮތުގައި ދެ މީހުން ތިބުމަށް ނިންމައިފިކަމަށް ބަޔާނުގައިވެއެވެ.
އެމޭޒަން އުފެދުނީ މީގެ 25 އަހަރު ކުރިންނެވެ.
އެމޭޒަން އުފެއްދި އުމުރުން 54 އަަރުގެ ޖެފް ބެޒޯއަކީ ބްލޫމްބަރގް ބިލިއަނަރުންގެ އިންޑެކްސްގައި ވާގޮތުން ދުނިޔޭގެ އެންމެ މުއްސަދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 137 ބިލިއަން ޑޮލަރު ހުރިކަމަށްވެއެވެ. މިއީ ބިލް ގޭޓްސްއަށްވުރެ 45 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އުުމުރުން 48 އަހަރުގެ މަކެންޒީ ބެޒޯސްއަކީ ވާހަކަ ލިޔުންތެރިއެކެވެ.