ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 19:00
ޓީޓީއެމް ފެއަރ
ޓީޓީއެމް ފެއަރ
ރާއްޖެއެމްވީ
ޓީޓީއެމް
ޓުއަރ އޮޕަރޭޓަރުންނަށް ޓީޓީއެމަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެއީ ބޮޑެތި ޓްރެވަލް އޭޖެންޓުންނާ ގުޅުވާލުމަށް ކުރިއަށް ގެންދާ ފެއާއެއް
ފެއަރ އޮންނާނީ އޭޕްރިލް 20 އިން 22އަށް

މޯލްޑިވްސް ގޭޓަވެސް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޓްރެވެލް ޓްރޭޑް ޝޯ އޮފް މޯލްޑިވްސް (ޓީޓީއެމް) އަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ގޭޓަވެސް އިން ބުނީ ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކަމަށާއި ޓީޓީއެމް އަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އިތުރު ފައިދާތަކެއްވާނެ ކަމަށެވެ. އެގޮތުން "ކަނެކްޓް ސޮފްޓްވެއަރ" ބޭނުންކުރުމުގެ އިތުރުން ޓީޓީއެމްގެ ގާލާ ކްލޯޒިންގް އިވެންޓަށް ދައުވަތު ވެސް އަރުވާނެ ކަމަށެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އޭޖެންޓުންނާ ގުޅުވާލުމަށް ކުރިއަށް ގެންދާ ފެއަރއެކެވެ.

ޓީޓީއެމް މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހަށް ބާއްވަން ނިންމާފައިވާއިރު އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް މާލޭގެ އިތުރުން ރިސޯޓްތަކުގައި މި ފެއަރ އޮންނާނެއެވެ.

މޯލްޑިވްސް ގެޓްއަވޭސްގެ މި ހަރަކާތުގެ މަގްސަދަކީ އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކޮށް، އަންނަ އަހަރަށް ފަތުރުވެރިންގެ ޖުމްލަ އަދަދު 3.5 ބިލިޔަނަށް އިތުރު ކުރުމެވެ.

މިދިޔަ އަހަރު ޓީޓީއެމް ފެއަރގެ ތެރެއިން 4000 އަށް ވުރެ ގިނަ މީޓިންތައް ކުރިއަށް ގެންގޮސްފައިވާއިރު، 400 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލުން ވަނީ ބައިވެރިވެފައެވެ. އަދި އެ ފެއަރއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޓްރެވަލް ޓްރޭޑް ޝޯއަކީ ރާއްޖޭގެ ރިސޯޓްތަކާއި ރިސޯޓް ސެގްމަންޓްގައި ހުރި ޕްރޮޕަޓީތައް ޕްރޮމޯޓްކުރުމަށް ބާއްވަން ހަމަޖައްސާފައިވާ އިވެންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް