ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 12:05
ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމް
ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމް
ރޮއިޓަރސް
ވޯލްޑް ބޭންކު
ވޯލްޑް ބޭންކްގެ ރައީސް އިސްތިއުފާ ދެއްވައިފި
ދައުރު ހަމަވާނީ 2022 ވަނަ އަހަރު

ދުނިޔޭގެ އެންމެ ބޮޑު މާލި އިދާރާ ކަމަށްވާ ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމް އިސްތިއުފާ ދެއްވައިފިއެވެ.

އުތުރު ކޮރެޔާއަށް ނިސްބަށްވާ ކިމް އެ މަގާމުން އިސްތިއުފާ ދެއްވި ކަން އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް އެ ބޭންކާއި ހަވަލާދީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްތިއުފާ ދެއްވިޔަސް ރައީސްގެ މަގާމުގައި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް އޭނާ ހުންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އުމުރުން 59 އަހަރުގެ ކިމް އިސްތިއުފާ ދެއްވާފައިވާއިރު އޭނާގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ވޯލްޑް ބޭންކަށް ރައީސަކު އައްޔަން ކުރަނީ ނޮމިނޭޓްވާ މީހުންގެ ތެރެއިން ޑިރެކްޓަރ ބޯޑުން ހަމަޖައްސާ މީހެކެވެ.  

ވޯލްޑް ބޭންކްގެ 12 ވަނަ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ކިމް ވަނީ ދުނިޔޭގެ ސިއްހީ ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ)ގެ އެޑްވައިޒަރުގެ އިތުރުން އެމެރިކާގެ ޑާޓަމެތް ކޮލެޖްގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ.  

ކިމްއަށް ފަހު އެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާނީ ކުންފުނީގެ ޗީފް އެކްޒެކްޓިވް އޮފިސަރު (ސީއީއޯ) ކްރިސްޓަލީނާ ޖިއޯޖިއޭވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ މަޝްހޫރު ފޯބްސް މަޖައްލާއިން 2013 ވަނަ އަހަރު ނެގި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 50 މީހުންގެ ތޭރޭގައި ވެސް ކިމް ވަނީ ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް