ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުން ހޯމަދުވަހު ބުނީ، އެ މަރުކަޒުގެ ނަން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަމަށް، ބަދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.
މި މަރުކަޒަކީ ގުރުއާނާ ބެހޭ އިލްމުތައް އުނގަންނައިދީ ޤުރުއާނުގެ ތާރީހާ ބެހޭ ދިރާސާތައް ކޮށް، ދިވެހިން ގައުމީ ފެންވަރުގެ އެކި ގުރުއާން މުބާރާތްތައް ބާއްވައި ރާއްޖޭގައި ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަކޮށްފައިވާ މަރުކަޒެކެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާ ގުޅުން ހުރި ތަފާތު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ވެސް ހިންގައެވެ.