މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައި ވަނީ ޑރ. ޢަބްދުލް ޙައްނާނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ޙައްނާނަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ޕީ.އެޗް.ޑީ ހާސިލްކުރައްވާފައިވާފައިވާ ބޭފުޅެކެވެ.
ޙައްނާން އެންމެ ފަހުން އަދާކުރައްވާފައި ވަނީ މޯލްޑިވްސް ބިޒްނަސް ސްޓެންޑަރޑްގެ އެޑިޓަރެއްގެ މަޤާމެވެ.
ޕޮލިޓެކްނިކްގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ގދ. ގައްދޫ ފަހާގެ، އަޙްމަދު ނާޞިރެވެ. އަޙްމަދު ނާޞިރު އެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައެވެ.
ނާޞިރަކީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނާޞިރު ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އުފެއްދުމާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ނާޞިރު ވަނީ ޓިވެޓް އޮތޯރިޓީގެ އެސެސަރގެ މާޤާމާއި ޓިވެޓް އޮތޯރިޓީގެ ކައުންސިލް މެންބަރުކަމާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި ޓްރެއިނިންގް މޯލްޑިވްސާއި، މޯލްޑިވްސް އިންސްޓްޓިއުޓް ފޮރ ޓެކްނޮލޮޖީ އާއި، މަންދު ކޮލެޖްގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
ނާޞިރު ވަނީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާ އިން "މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލު ކުރައްވާފައެވެ.