ށ. ނޫމަރާ ފަޅުން ނުކުންނަން އުޅުނު ދޯންޏެއް ނެރުގެ ފައިކައްޓައް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ 50 ފޫޓުގެ އަބާރަނާ ނަމަކަށް ކިޔާ ދޯންޏެއް ނެރުގެ ފައިކަށްޓައް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދާރން އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:34 ގައި ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމައްޓަކައި އަބާރާނާ ދޯނީގެ ވެރި ފަރާތުން ފޮނުވި އެހެން ދޯންޏެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބުނެފައި ވަނީ ދޯނި ދިޔަވަމުން ދިއުމާ ގުޅިގެން ދޯނި ފުންކުރުމަށް ކަންނެލި ދޯންޔެއްގެ ކަފުޖަހައިގެން މަސަތްކަތް ކުރަމުންދާ ކަމަށެވެ.
Sh. Noomaraa Falhun Nukunnan Ulhunu, 50ft ge "Abaarana" Namakah Kiyaa Dhoanyeh, Erashu Neru Faikahtah Erumaa Gulhigen MNDF Northern Area Coast Guard Sqaudron in Harakaaiytherivaan Fashaifi pic.twitter.com/gy8XLZEpQ3
— Maldives National Defence Force (@MNDF_Official) January 5, 2019
މި ދުވަސްވަރުގައި މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާ ގިނަވަމުންދާތީ ކަނޑުދަތުރުކުރަމުން ދާ ފަރަތްތަކުން ސަމާލުކަންދިނުމަށް އެމްއެންޑީއެފް ވަނީ އިލްތިމާސްކޮށްފައެވެ.