ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ސްރީލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ.
ރައީސް ސްރީލަންކާއަށް ވަޑައިގެންފައި ވަނީ ފާއިތުވި ހަފްތާގެ ބުރާސްފަތިދުވަހުއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލު ވަޑައިގަތުމަށް ފަހު ސްރީ ލަންކާއަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ހުވާކުރެއްވުމުގެ ކުރިން ރައީސް ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުތަރަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އަވަށްޓެރި އިންޑިއާއަށެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.