މާލެ–ހުޅުމާލެ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖިޕެއް ފުރޮޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ވެހިކަލް ފުރޮޅާލާފައިވަނީ ހުކުރު ދުވަހު ހެނދުނު 7:50 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔައެއް ނުލިބެ އެވެ.
Breaking: Hulhumale bridge - overturned car - looks like serious accident! @Raajje_tv pic.twitter.com/xNgskqYTxD
— Gahaa (@AhmedSaeedGahaa) January 4, 2019
ފުލުހުން ބުނީ، ވެހިކަލް ފުރޮޅާލާފައިވަނީ މަގުގެ ޑިވައިޑަރުގައި ޖެހިގެން ކަމަށާއި، އެހެން ވެހިކަލެއްގައި ޖެހިފައިނުވާ ކަމަށެވެ. ވެހިކަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވެހިކަލެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާ ލިބުނުކަމަށް ލިބިފައިވާކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ، ނަމަވެސް ފުލުހުން ބުނެފައިވަނީ މިފަދަ ހާދިސާއެއް ހިނގިކަން އެނގިފައި ނުވާ ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1546576299.jpg)