ގިލި ލަންކަންފުށީގައި އަލިފާން ރޯވި ހާދިސާގައި ތިން މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
ފަރުވާ ދިނުމަށް މާލެ ގެނެސްފައި ވަނީ އަލިފާން ނިންމުވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުއައްޒަފެކެވެ.
ނަމަވެސް އެ މީހުންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.
ގިލި ލަންކަންފުށިން ބުނީ ބުދަ ދުވަހުގެ ރޭ 10:30 ހާއިރު އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމާއެކު މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
އެ ރިސޯޓުން ބުނީ އަލިފާނުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ބައެއް ގެސްޓުން އެހެން ރިސޯޓުތަކަށް ބަދަލުކޮށް އެކޮމަޑޭޝަން ހަމަޖައްސައި، ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
Thankfully all of our guests and hosts have been accounted for and are being evacuated from the island with alternative accommodation being arranged by Gili Lankanfushi.
— Gili Lankanfushi (@GiliLankanfushi) January 2, 2019
ރިސޯޓުގެ ނުވަ ވޯޓާ ވިލާގައި ރޯވުމާ ގުޅިގެން އެ ކޮޓަރިތައް ވަނީ އެއްކޮށް އަނދާފައެވެ. އަދި އަލިފާން ރޯވި ސަބަބު ވެސް އަދި ނޭނގެއެވެ.