ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އިބްރާހީމް މުހައްމަދު ދީދީ އައްޔަން ކުރައްވައިފިއެވެ.
އިބްރާހިމް މުހައްމަދު ދީދީ އެމަގާމަށް އައްޔަން ކުރެއްވީ ބުދަ ދުވަހުއެވެ. އޭނާ ކުރިން ހުންނެވީ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.
މީގެ ކުރިން އެމަގާމުގައި ހުންނެވީ ހަސަން ޒިލާލް އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ނިމިގެންދިޔަ ޑިސެންބަރު މަހު 25 ވަނަ ދުވަހު ހެންވޭރު މާފިޔަ، ޢަބްދުﷲ މުނާޒް، ވަނީ އައްޔަން ކުރައްވާފައެވެ.