ގިލި ލަންކަންފުށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ، މޫދު ކޮޓަރިތައް އެއްކޮށް އަނދައިފިއެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިސަރ އިބްރާހިމް އާޒިމް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން އަލިފާނޑު ނިއްވުމަށްޓަކައި ހަރަކާތްތެރިވަމުންދާކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްނުވެ، މޫދު ކޮޓަރިތައް އެއްކޮށް އަނދާފައިވާއިރު، އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތުލިބިފައިނުވާ ކަމަށެވެ. އަދި އަލިފާންގަނޑު ރިސޯޓު ތެރެއަށް ފެތުރިދާނެތީވެ، އެމްއެންޑީއެފުން ވަރަށް ބޮޑަށް އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.