މާލޭގެ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމައިނާކޮށްފި ކަމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) ބުނެފިއެވެ.
ބުދަ ދުވަހު އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހެންވޭރު ހަނދުވަރުދޭގެ ތިން ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު ހެންވޭރު ސަނދުބަރާކާގެ ކަންމައްޗަށް ކުނި އެޅުމުގެ ސަބަބުން ޖޫރީމައިނާ ކޮށްފައިވާކަމަށެވެ. އީޕީއޭ އިން ބުނެފައިވާ ގޮތުގައި ޖޫރީމައިނާ ކޮށްފައި ވަނީ ހެދިފައިވާ ޤަވާއިދުތަކުގެ ދަށުން ކަމަށާއި ކުނި އުކުމުގެ ގަވާއިދު ތަންފީޒުކުރުމަށް ފުލުހުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށެވެ.
Today, a person living in 03rd floor of H. Handhuvarudheyge has been fined under the Waste Regulation (2013-R-58) for dumping waste at H.Sadhubarakaage corner, Mustharee Magu. We thank @PoliceMv for the continued collaboration in enforcing the waste regulation.
— EPA Maldives (@EPAMaldives) January 2, 2019
ކުނި އުކުމުގެ ގަވާއިދު ބުނާ ގޮތުން ވިޔަފާރިކުރާ ތަންނާއި ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ބޭރުގައި ކުނި ބެހެއްޓުމަކީ މަނާ ކަމެއްކަން އަންގައިދިނުމުގެ ގޮތުން ތަންފީޛީ އިދާރާއިން ތައްޔާރުކޮށްފައިވާ ނަމޫނާ ސްޓިކަރ އާއި އެއް ގޮތް ސްޓިކަރއެއް އާންމުކޮށް ފެންނަ ގޮތަށް ހިއްޕާފައި ހުންނަން ވާނެއެވެ. މި ސްޓިކަރ ހަރުނުކުރާ ފަރާތްތައް 2,000 ރުފިޔާއިން ޖޫރިމަނާވާނެ ކަމަށް ގަވާއިދުގައިވެއެވެ.
ގަވާއިދާހިލާފަށް މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތައް 501 ރުފިޔާއާއި 100 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރީމައިނާ ކުރެވޭނެއެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވަނީ މީޑިއާގައި ވާހަކަ ދައްކަވަމުން ކުނި އެއްކޮށްފައިހުންނަ ހިސާބުތަކާއި، މަގުމަތީގައި ކެމެރާ ބަހައްޓައި ކުނިއަޅާ މީހުން ދެނެގަނެ ފިޔަވަޅުއަޅައި ނަން ހާމަކުރަނެކަމަށް ވިދާޅުވެފައެވެ.