މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުމުގެ ވަދުއު ފުއްދުމުގެ ގޮތުން ގައުމީ އެއާލައިންތަކުގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފިއެވެ.
ސިއްސައިގެން ދާވަރުގެ ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ނަމަވެސް އައިލެންޑް އޭވިއޭޝަނުން މިހާރު ހާމަކޮށްފައިވާ އަގުތަކުގައި މާ ބޮޑު ފަރަގުތަކެއް ނޫޅޭތީ ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
އައިލެންޑް އޭވިއޭޝަނުން އަގުތަކަށް ގެނައި ބަދަލުތައް:
މާލެ – ހަނިމާދޫ - މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާ އާ ދެމެދު
މާލެ – އިފުރު – މާލެ: 1،500 ރުފިޔާ އާއި 2،056 ރުފިޔާ އާ ދެމެދު
މާލެ – ދަރަވަންދޫ – މާލެ: 1،098 ރުފިޔާ އާއި 1،562 ރުފިޔާ އާ ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާ އާ ދެމެދު
މާލެ – ތިމަރަފުށި – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ އާ ދެމެދު
މާލެ – ކައްދޫ – މާލެ: 1،610 ރުފިޔާ އާއި 2،226 ރުފިޔާ އާ ދެމެދު
މާލެ – ކުއްޑޫ – މާލެ؛ 1،652 ރުފިޔާ އާއި 2،442 ރުފިޔާ އާ ދެމެދު
މާލެ – ކާޑެއްދޫ – މާލެ: 1،652 ރުފިޔާ އާއި 2،442 ރުފިޔާ އާ ދެމެދު
މާލެ – ފުވައްމުލައް – މާލެ: 1،698 ރުފިޔާ އާއި 2،598 ރުފިޔާ އާ ދެމެދު
މާލެ – ގަން – މާލެ: 1،698 ރުފިޔާ އާއި 2،666 ރުފިޔާ އާ ދެމެދު
މި އަގުތަކުގައި ޓިކެޓް ވިއްކަން ފަށާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވިއަނުން މައުލޫމާތޫދެއެވެ.
ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ އަލަށް އިއުލާނުކޮށްފައިވާ އަގުތަކާ ދާދި އެއް އަގެއްގައި ފެއާ ޓިކެޓް މިހާރު ވެސް ލިބޭ ކަމަށެވެ. އެގޮތުން ހަނިމާދޫ އަށް ފެއާގައި އެއްކޮޅު 899ރ. އަށް މިހާރު ވެސް ލިބޭ އިރު އެއީ ދެކޮޅު ނަމަ 1798ރ. އެވެ. އަލަށް އިއުލާންކޮށްފައިވާ އަގުތަކަށް ބަލާއިރު ހަނިމާދޫ އާއި މާލެ ދެކޮޅު ޓިކެޓް އެންމެ ހެޔޮކޮށް ވެސް ލިބެނީ 1،610ރ. އަށެވެ. އެއީ 188ރ. ގެ ކުޑަވުމެކެވެ. މިއީ ގިނަ ބަޔަކު އުންމީދުކުރި ވަރަށް ވުރެ ކުޑަ ބަދަލެކެވެ.