ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު ރީކޯ މޫސާ މަނިކާ ބައްދަލު ކުރައްވައިފިއެވެ.
މޫސަ އަންގާރަ ދުވަހު ވަނީ ރައީސް ސޯލިހާ ބައްދަލު ކުރެއްވުމުގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ. އެ ޓްވީޓްގައިވެސް ބައްދަލުވުމާބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެއީ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކުރެއްވި ބައްދަލު ކުރެއްވުމެއް ނޫން ކަމަށާއި، އެއީ އެ ދެ ބޭފުޅުންގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ކުރެއްވި ބައްދަލުކުރެއްވުމެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް މޫސަ އުޅުއްވި ނަމަވެސް އިންތިޚާބަށް ފަހު މޫސަ ފެންނަނީ ރައީސް ސޯލިހަށް ތާއިދުކޮށް އެކި ފޯރަމްތަކުގައި ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ މިހާރު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
މިފަހަރުގެ އިންތިޚާބުގައި އޭނާ ލ.ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވަނީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ.