ގއ.މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އާއި ކުޑަ ކުއްޖާ އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވާލާފައިވާ ކަމަށް ގައ.ވިލިނގިލީ ހޮސްޕިޓަލުން ބުނެފިއެވެ.
ވިލިގިލީ ހޮސްޕިޓަލްގެ އިންޗާޖް ޑރ.ވަލީދު މޫސާ ވިދާޅުވީ، މާމެންދޫގައި ހިންގި އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ މާމެންދޫ އުމުރުން 16 އަހަރުގެ މުހައްމަދު އަތޫފާއި، ވިލިނގިލީ އުމުރުން 21 އަހަރުގެ އިބްރާހިމް އަޒްމީލްއަށް ކަމަށެވެ.
ވަލީދު ވިދާޅުވީ، އަޒްމިލް މާލެ ގެނެސްފައިވަނީ ސީޓީ ސްކޭން އެއް ހެދުމަށާއި، ކަނާތު ފައިގެ ކަށިތަކަށް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމަށް ފަރުވާ ހޯދުމަށް ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށްވެސް ވަލީދު ވިދޅުވިއެވެ. އަތޫފް މާލެ ގެނެސްފައިވަނީ އެކްސިޑެންޓްގައި ލިބިފައިވާ ޒަޚަމްތަކަށް އިތުރު ފަރުވާ ބޭނުންވާތީ އެފަރުވާ ވިލިނގިލީ ހޮސްޕިޓސަލްގައި ދެވެން ނެތުމުން ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ 20:15 ހާއިރު މާމެންދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު ބަނދަރު ސަރަޙައްދުގައެވެ. މި އެކްސިޑެންޓްގައި ޖުމުލަ ތިން މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން އެކަކުވަނީ މަރުވެފައެވެ.
އެކްސިޑެންޓުގައި މަރުވީ ގއ.ވިލިނގިލި އުމުރުން 32 އަހަރުގެ އަފްޟަލް ޔާސިރު އެވެ. އޭނާ، އެއަތޮޅު ވިލިނގީ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ ނިޔާވެފައެވެ.