ފާއިތުވެގެން ދިޔަ ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައި އެބަހުރި ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން އެކްޓިން ސީޕީ ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ މުޖުތަމައުއަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، ތަފާތު އުކުޅުތައް ބޭނުންކޮށްގެން މިވަބާއިން މިގައުމު ސަލާމަތް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ވެސް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
Seized narcotic drugs amount to 130 kgs during the last 3 years. The drug epidemic is detrimental to our communities. Police use of certain tactics to prevent and deter drug trafficking and peddling is about achieving the overarching policing objective of protecting the public.
— Mohamed Hameed (@M_Hameedh) January 1, 2019
ފުލުހުންގެ މައިގަނޑު މަގުސަދަކީ މިފަދަ ކަންތައްތައް ހުއްޓުވައި މުޖުތަމައު ރައްކާތެރިކޮށް ކަށަވަރުކުރުން ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.