ގއ. މާމެންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން 32 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި އެކްސިޑެންޓުގައި މަރުވެފައިވަނީ އަފްޒަލް ޔާސިރު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 08:15 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގާފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި، ދެ ސައިކަލް ޖެހުމުގެ ސަބަބުން ކަމަށެވެ.
އަނެއް ސައިކަލުގައި އިނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. އޭނާ އަށް މިހާރު ދަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.