ހުޅުމާލޭގެ އިމާރާތަކުން ވެއްޓިގެން ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލް އިން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި އިމަރާތަކުން ވެއްޓިގެން ބަންގްލަދޭޝްގެ މީހަކު ގެނެސްފައިވާ ކަމަށެވެ.
އޭނާއަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށާއި، އޭނާގެ އަތުގައި ރެދެއް ލާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެ މީހާގެ ބޮލަށް އަނިޔާއެއް ލިބިފައިވާ ކަމަށް ލަފާކުރެވޭތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެންދެވިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދާލަން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅަލުމުން ޖަވާބެއް ނުލިބޭތީ އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.