އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ލޯގޯ އާއި ކުލަ ބަދަލު ކުރަން މަޝްވވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކަމިޝަނުން ބުނެފިއެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ މެމްބަރުންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ލޯގޯ އަދި ކުލަ ބަދަލު ކުރުމަށް އީސީން އަންނަ ޖެނުއަރީމަހުގެ ތެރޭގައި މަޝްވަރާ ކުރާނެ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ވެސް އެ ކޮމިޝަނުން ލޯގޯ ބަދަލުކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެކަން ނުވެ އޮތީ އެ ކޮމިޝަންގެ މަސައްކަތްތައް ހުރި ގޮތުން އެކަމަށް ވަގުތު ނެތުމުން ކަމަށް ވިދާޅުވިއެވެ.
އަކްރަމްގެ ޓްވިޓާގައި ވެސް ވަނީ ލޯގޯ ބަދަލުކުރަން ފެނޭތޯ ސުވާލު ކުރައްވާ އާންމުންގެ ކޮމެންޓަށް ހުޅުވާލާފައެވެ. އަދި ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
Mi logo ah badhalugennan jehey kamah feneytho?
— Ahmed Akram (@akram4535) December 29, 2018
Alhugandu dhekey gothugai Election commission ge logo ah ithuru furihama kameh gennanjehey. pic.twitter.com/duR0fNhaFd
އީސީން މިހާރު ބޭނުންކުރާ ކުލައަކީ ފެހި ކުލައެވެ.