ކަރަންޓުގެ ސަބަބުން ދިމަވާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސަސް އާއި ސްޓެލްކޯ އިން އާދިއްތަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ .
އެމްއެންޑީއެފް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ސްޓެލްކޯގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި މިފަދަ ހާދިސާތައް މަދުކުރުމަށް ކުރިވިދާނެ ކަންތައް ދެނެގަތުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކަރަންޓުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާ މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަޝްވަރާކުރިވިފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރު ވުޒާރާތަކާ ބައްދަލުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
Current aai gulhigen hingaa alifaanuge haadhisaa thah madhukurumah kureveyne kanthahthah dhenegathumuge gothun Stelco aai MNDF Fire and Rescue Service in Miadhu Stelco gai Beyvvi Badhdhaluvumuge Therein pic.twitter.com/p946geCNL1
— MNDF (@MNDF_Official) December 30, 2018
ސްޓެލްކޯގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސެސްގެ ކޮމާންޑަރާއި އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.