ނ.ހެނބަދޫގެ ނަރުދަމާ ނިޒާމު އިފްތިތާފް ކޮށްދެއްވައިފިއެވެ.
ހެނބަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނަރުދަމާގެ ނިޒާމު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އެވެ.
ހަތް ސަތޭހަ އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހެނބަދޫގައި 18.9 މިލިއަން ރުފިޔާގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ދިނީ ޗަމްޕާ ބްރަދާސްގެ ހިލޭ އެހީގަ އެވެ.
އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިޝްރޫއުގެ މަސައްކަތް ފެށީ 24 ޑިސެންބަރު 2017 ގައެވެ. އަދި މި މަސައްކަތް ނިންމާލާފައިވަނީ 31 އޮކްޓޯބަރ 2018ގަ އެވެ.