ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހުގެ ހެނދުނު ނ. ހެނބަދުއަށް ވަޑައިގެންފިއެވެ.
އެ މަނިކުފާނަށް ހެނބަދޫން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. ރައީސް ސޯލިހު ހަނބަދޫ އަށް ވަޑައިގަތީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފުގެ ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ ހިލޭ އެހީގައި އެ ރަށުގައި އަޅައިދީފައިވާ ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށްޓަކައެވެ.
ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ މެންދުރު ދޭއް ޖަހާއިރުއެވެ. އެ މަނިކުފާނު އިއްޔެ ވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިއްޔެ ވަނީ އެ މަނިކުފާނު އުފަން، ހިންނަވަރަށް ވަޑައިގެންފަ އެވެ. އަދި މިއަދު ނައިފަރަށް ވެސް ވަޑައިގަތެވެ.