ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 31 ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
ޑީޖޭއޭ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31 ވާ ހޯމަ ދުވަސް ކަމަށެވެ.
އެކަމަށް އެދި ހުށަހަޅާ ފޯމު ޑީޖޭއޭގެ ވެބްސައިޓުން ލިބޭނެއެވެ. ވަކީލު ކަމުގެ ހުއްދަ ދެނީ ގާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ.
ޑީޖޭއިން އެއިއުލާން ކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގައެވެ. އޮގަސްޓުމަހު އެކަނިވެސް 180 މީހަކަށް ވަނީ ވަކީލު ކަމުގެ ހުއްދަ ދީފައެވެ.