ފަނޑިޔާރުންނަށް ޚާއްސަކޮށްގެން ޖުޑީޝަލް ސްކިލްސް އެންޑް ޖުޑީޝަލް މެނޭޖްމަންޓް ސެމިނާއެއް ފަށައިފިއެވެ.
ޖުޑީޝިއަލް އެޑްމިނިސްޓްރޭޓުން ބުނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ބާއްވާ ޖަޖް ކްރާފްޓް، ޖުޑީޝަލް ސްކިލްސް އެންޑް ޖުޑީޝަލް މެނޭޖްމަންޓްއާ ބެހޭ ބުދަ ދުވަހު ކަމަށެވެ.
މި ސެމިނާރގައި ކިޔަވައިދެއްވާނީ މެލޭޝިއާގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ. ޙާޖީ ޙާމިދު ސުލްތާން ބިން އަބޫބަކުރު އަދި ޑރ. ޙާޖީ މުޙައްމަދު ނަޢީމް ބިން ޙާޖީ މުޚްތާރު އެވެ.
މިމަހުގެ 26 އިން 30 އަށް ކުރިއަށްގެންދާ މި ސެމިނާރގައި 19 ފަނޑިޔާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.އޭގެ ތެރޭގައި ހިމެނެނީ ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނެވެ،
ސެމިނަރ ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލްގައި ކަމަށް ޑީޖީއޭއިން ބުނެއެވެ.