ރައީސް އިބްރާހިމް މުހައްމަދު ސާލިހު އުފައްދަވާފައިވާ ކޮމިޝަނުން ބަލަމުންދާ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް މައްސަލަތައް އާއްމުކުރުން އާދިއްތަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން އެ ކޮމިޝަނުން ބުނެފައިވަނީ ބަލަމުންދާ މައްސަލަތައް މި މަހުގެ 27 ގައި ހާމަކުރާނެ ކަމަށެވެ.
ސުއޫދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް އާއްމުންގެ ފަރާތުން އެ ކޮމިޝަނަށް ގިނަ އަދަދެއްގެ މައްސަލަތަކެއް ހުށައަޅާފައިވާ ކަމަށެވެ. މިއަދަކީ މައްސަލަތައް ހުށަހެޅުމަށް އާއްމުންނަށް ހުޅުވާލި މުއްދަތު ހަމަވާ ދުވަސްކަމުން އެކޮމިޝަނުން ބަލަމުންދާ މައްސަލަތައް އަންނަ އާދިއްތަ ދުވަހު އާއްމު ކުރައްވާނެ އޭނާ ވިދާޅުވި އެވެ.
މި ކޮމިޝަން އުފެއްދީ މަރާލެވިފައިވާ މީހުންނާ، ވީނުވީއެއް ނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށެވެ.