ހަދަމުންދާ ރިސޯރޓެއްގައި ހާހެއްހާ ބިދޭސީން ގަވާއިދާ ހިލާފަށް ގެންގުޅެމުންދާ މައްސަލަ ބަލަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
"މައްސަލަ ދަނީ ބަލަމުންދަނީ. ބަލަމުންދާ މައްސަލައަކަށް ވާތީ މިވަގުތު މައުލޫމާތު ދެވޭނީ މިވަރަށް" އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ހޯމަ ދުވަހު ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި، އެއީ ކޮން ރިސޯޓެއް ކަން މި މައްސަލަ ބެލުމަށް ފަހު ހާމަކުރާނެ ކަމަށެވެ.
އެ އޮތޯރިޓީއިން މައްސަލަ ބަލަން އެ ރިސޯޓަށް ދިއުމުން 2447 ބިދޭސީން އެތަނުގައި ތިބިއިރު، އޮތޯރިޓީއާ ހިއްސާކުރީ 1400 އެއްހާ މީހުންގެ މައުލޫމާތު ކަމަށް ޝަރީފު ވިދާޅުވިއެވެ. އޮތޯރިޓީއަށް އެކަން ޝައްކުވެގެން އެދުމުން އެ ފަރާތްތަކުގެ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށާއި، އެ ހުރިހާ މައުލޫމާތެއް ވަކިވަކިން ނަގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖިއްޔާއިން އެކުލަވާލާ އާއްމު ކުރަމުންދާ ގައުމުތަކުގެ ހިއުމަން ޓްރެފިކިންގެ ހާލަތު އަންގައިދޭ ރިޕޯޓުގައި މިހާރުވެސް ރާއްޖެވަނީ ޓަޔާ ދޭއްގައި ހިމެނިފައިވެއެވެ.
ޓަޔަރ
https://raajje.mv/news/47094
ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.