ރިޔާސީ އިންތިހާބުގުގެ ކާމިޔާބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންވަރަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ހަވީރުއެވެ. އެމަނިކުފާނު ހިންނަވަރަށް ކުރެއްވި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ރަށަށް އެމަނިކުފާނު ވަޑައިގެންނެވީ ރ. އަތޮޅާއި ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކުއްލި ގޮތަކަށެވެ.
ބުދަ ދުވަހުގެ ހަވީރު ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގަތުމާ އެކު، އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، ކޮއްކޯފުޅު މޫސާ މުހައްމަދު ސޯލިހެވެ. އަދި އެ ރަށުގެ ބައެއް އިސް ބޭފުޅުންނާއި ރަށުގެ ގިނަ ބަޔަކު އެމަނިކުފާނުގެ އިސްތިގުބާލުގައި ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.
#Live #Hinnavaru
— Presidency Maldives (@presidencymv) December 26, 2018
President @ibusolih makes unofficial visit to his home island Hinnavaru of Faadhippolhu Atoll pic.twitter.com/r9vdA2JUao
ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި އެ ރަށުން ވަނީ ބޮޑު އަގުލަބިއްޔަތެއް ހޯދައިދީފައެވެ. އެގޮތުން ހިންނަވަރުން 1259 ވޯޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ. ކުރީގެ ރައީސް ޔާމީނަށް އެ ރަށުން ލިބިވަޑައިގެންނެވީ 956 ވޯޓެވެ.