ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރައިވަޓައިޒޭޝަން ބޯޑުން، އިންޓަސްޓްރިއަލް ޒޯން ކުންފުނީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ އދ. މާމިގިލީ، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރެވެ. އޭނާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ ރައީސެވެ.
ގްރޭޓާ މާލެ އިންޓަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާ ގުޅިފަޅު އިންޓަސްޓްރިއަލް ލިމިޓެޑް އެއްކޮށްލައިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުންނަކީ މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު އުފައްދާފައިވާ ކުންފުންޏެކެވެ.