ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު ރ. ދުވާފަރަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545802897.png)
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި ބާއްވަވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ ބުދަ ދުވަހުގެ މެންދުރު ފަހު 1:30 ގައި ދުވާފަރު ސުކޫލް ހޯލުގައެވެ. މި ޖަލްސާގައި ރައީސް ސޯލިހް އަދި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅު ދުވާފަރު ކައުންސިލްއާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ކުޑަދޫ އައިލެންޑް ރިސޯޓް ހުޅުއްވައިދެއްވުމުގެ އިތުރުން ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.