މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ފަތިހުން ފެށިގެން ވެހެމުންދިޔަ ވާރޭގައި އެންމެ ބޮޑަށް ފެންބޮޑުވީ މާފަންނުގެ ބައެއް މަގުތަކާއި އަމީނީ މަގުގަ އެވެ. މަގުތަކުގެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައި ވަނީ މިއަދު ހެނދުނު 6:30 ގައެވެ.
މޫސުމް ގޯސްވެފައިވާއިރު، މިއަދު 11 ޖަހަންދެން ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މިމަހު ކުރީކޮޅު ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވެއެވެ.