ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ރ. ދުވާފަރުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
ދުވާފަރަކީ 2004 ވަނަ އަހަރު އެރި ސްނާމީގައި ކަނދޮޅުދޫ މުޅިން ވީރާނާވުމާއި ގުޅިގެން އެރަށުގެ ރައްޔިތުން އާބާދުކޮށްފައިވާ ރަށެވެ.
ހޯމް މިނިސްޓަރީން ބުނީ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް ދުވާފަރުގައި ފާހަގަކުރަން ނިންމީ ސުނާމީއާ ގުޅިގެން އަލަށް އާބާދުކުރި ހަމަ އެކަނި ރަށަށް ވާތީ ކަމަށެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ބާއްވަނީ ބުދަ ދުވަހު މެންދުރުފަހު އެރަށުގެ ފްރިސްކޫލުގައެވެ. މިޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ބައެއް ވަޒީރުން ވައިވެރިވަޑައިގަންނަވާނެއެވެ. މިދުވަސް ފާހަގަކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު ހޯމް މިނިސްޓަރު އިމްރާން ޝައިޚް އިމްރާން އަބްދުﷲ ހުންނެވީ އެރަށުގައެވެ.
އިންޑޮނީޝިއާގެ ސުމަޓްރާގެ ކައިރިން ބިމުގެ އަޑިއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީ ރާއްޖޭގެ ގިނަ ރަށްރަށަށް އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ކަނދޮޅުދޫއަކީ ސުނާމީ އެންމެ ބޮޑަށް އެރި އެއްރަށެވެ. އެރަށުން ތިން މީހުން މަރުވެފައިވާއިރު، މުޅި ރަށް ވަނީ ސުންނާފަތިވެފައެވެ.
2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށް ކޮންމެ އަހަރަކު މިދުވަސް އަންނަނީ އެއްބަންވަތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ.