ގެސްޓްހައުސް ހާސިންތާގެ ޝިޔާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ރައީސް ސޯލިހު މިޝިޔާރު އިފްތިތާހްކޮށްދެއްވީ އަންގާރަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މިހަފްލާގައި ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ގެސްޓް ހައުސް މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 29 ވާ ހޮނިހިރު ދުވަހު ދަރުބާރުގޭގައެވެ. މިއީ މިފަދަ މަހާސިންތާއެއް ޓުއަރިޒަމް މިނިސްޓްރީން އިސްނަންގަވައިގެން ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.
President @ibusolih launches the theme for Guesthouse Symposium 2018. This year's theme is
— Presidency Maldives (@presidencymv) December 25, 2018
"Towards Sustainable Tourism" @TourismMv pic.twitter.com/14o6EVWmrb
މި މަހާސިންތާގައި ބައިވެރިވުމަށް ރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާ ހުރިހާ ގެސްޓް ހައުސް އަކަށް ވަނީ ދައުވަތު ދީފައިވެއެވެ. މަހާސިންތާ ބޭއްވުމުގެ މަގްސަދަކީ އެ ދާއިރާއަށް ދިމާވާ ދަތިތަކަށް އޮޅުން ފިލުވައި ހައްލު ހޯދައި ދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.