އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފައި ވަނީ މި ފެށޭ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީ މިކަން އިއުލާން ކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައެވެ.
އިސްލާމިކް މިނިސްޓްރީ އިން މި ކަން އިއުލާން ކޮށްފައިވާއިރު، އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ މީގެ ކުރިން 18 ކުންފުންޏަކަށް ދީފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޑެޓް
- އޭކްރޯ ޕްރައިވެޓް ލިމިޓެޑް
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- އައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
- އަލްޢައިން ޓްރެވަލް އެންޑް ޓުއާސް ޕވޓ ލޓޑ
- މުސާފިރީން ޕްރައިވެޓް ލިމިޓެޑް
- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
- ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ދަރުމަ ލިލްޙައްޖި ވަލްޢުމުރަތި ޕްރައިވެޓް ލިމިޓެޑް
- ނަވާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
- ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޙިޖާޒް ޕްރައިވެޓް ލިމިޓެޑް
- އަލް ޞަފާ ޕްރައިވެޓް ލިމިޓެޑް
- ޒަމްޒަމް އެޗް. އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް