ޕަބްލިކް ސާވިސް މީޑިއާ، މޯލްޑިވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އަދި ވެމްކޯއަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ކަން ކުރައްވާފައިވާ އަލީ ޚާލިދު، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި ޓީވީއެމްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި އެވެ. އަދި ވެމްކޯގެ ޗެއަމާން ކަން ވެސް ކުރެއްވި އެވެ.
Today we have appointed Ali Khalid, M.Finifaru as the Managing Director of Public Service Media.
— Privatization & Corporatization Board (@pcb_gov) December 25, 2018
ޕީއެސްއެމްގެ އިތުރުން، ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ހުޅުމާލެ، 04/18 އާރު އިސްމާޢީލް ޙަމީދު ވަނީ އައްޔަނުކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ކުރިން ހުންނެވީ ގ. ހުދުރުވާ އިދްރީސް އިސްމާއިލް އެވެ. އޭނާ އައްޔަން ކުރީ ކޯޕަރޭޝަން އިން ޔާމީންގެ އިދުރީސް އާއި އެ ބޯޑުގެ ޑިރެކްޓަރެއްގެ މަގާމްގައި ހުންނެވި ފަރުހާދު ދާއުދު މަގާމުން ވަކި ކުރުމަށް ފަހުގަ އެވެ. އޭރު އެ ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދިޔައީ ބަލަމުންނެވެ.
Today we have appointed Ismail Hameed, Itha 04/18-Aaru, Hulhumale as the Managing Director of Maldives Hajj Corporation Limited. pic.twitter.com/nlS5NLsMvQ
— Privatization & Corporatization Board (@pcb_gov) December 25, 2018
ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ޕްރައިވައިޓޭޒެޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ވެމްކޯގެ އެމްޑީއަކަށް އާދަމް މުޙައްމަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.