އުތުރު ކޮރެއާއިން ހައްޔަރުކޮށްފައި ބެހެެއްޓުމަށްފަހު ދޫކޮށްލި އެމެރިކާގެ ދަރިވަރު އެނބުރި ގައުމަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވި އޮއްޓޯ ވެމްބިއާގެ މަރުގެ މައްސަލައިގައި އުތުރު ކޮރެއާއިން 501 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާގެ އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އެމެރިކާގެ ދަރިވަރެއްގެ ގޮތުގައި ހުރި ވޮމްބިއަރ ޕިޔޯންގަޔަންގ އިން ހައްޔަރު ކޮށްފައި ވަނީ ހޮޓަލުގެ ސައިން ބޯޑެއް ނެގުމުން 2016 ވަނަ އަހަރުއެވެ.
ސިއްހީ ހާލަތު ހުރިގޮތުން މި އަހަރުގެ ޖޫން މަހު އޭނާ ދޫކޮށްލާފައިވާއިރު އެނބުރި ގައުމަށް ދިޔައިރު އޭނާގެ ހާލު ސީރިއަސްވެ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ.
ވޮމްބިއަރ މަރުވެފައިވަނީ އުތުރުކޮރެއާއިން ކޮށްފައިވާ އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ އާއިލާގެ ފަރާތުންނެވެ.
އެމެރިކާގެ ކޮޕަލްމްބިއާގެ ޑިސްޓްރިކް ކޯޓުން ފަނޑިޔާރު ބެރިލް ހަވެލް ހޯމަ ދުވަހު ވަނީ އުތުރު ކޮރެއާގެ ލާއިންސާނީ އަމަލުތައް ހަރުކަށިކޮށް ކުށްވެރިކުރައްވާފައެވެ. އަދި 2017 ވަނަ އަހަރު ހިނގި އެ މަރުގެ މައްސަލައިގައި އުތުރު ކޮރެއާއިން ޒިންމާ ނަގަން ޖެހޭނެކަމަށް ވިދާޅުވެފަ އެވެ.
ބަދަލު ނަގައިދިނުމުގައި އަދަބެއްގެ ގޮތުން ދައްކަން ޖެހޭ އަދަދާއި ސިއްޚީ ފަރުވާއަށް ކުރަންޖެހުނު ޚަރަދާއި މާލީ ގޮތުން ލިބުނު ގެއްލުމާއި އަދި ވޮމްބިއާގެ މަންމަ ސިންޑީ އާއި ބައްޕަ ފްރެޑްއަށް ތަހައްމަލްކުރަންޖެހުނު ވޭނަށް ފަނޑިޔާރު ވަނީ ރިއާޔަތްކުރައްވާފައެވެ.
ވޮމްބިއަރއާ މެދު ގޯހުން ކަންކަން ކޮށްފައިވާ ކަމަށް ބުނާ ބުނުން އުތުރު ކޮރެއާއިން އަބަދުވެސް ދަނީ ދޮގުކުރަމުންނެވެ. އެ ގައުމުން ބުނަމުން ދަނީ އޭނާ ޖަލުގައި ހުރިއިރު އޭނާއަށް ބޮޗުލިސަމް(ނާރުތަކަށް ވިހައިގެ އަސަރުކުރުން) ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ޑޮކްޓަރުންނަށް އެފަދަ ކަމެއް ފެނިފައެއް ނުވެއެވެ.
ވޮމްބިއަރގެ އާއިލާއިން ބުނީ އެމީހުންނަށް އޭނާ ފެނުނުއިރު އޮތީ ބޯބާލައިފައިކަމަށާއި އޭނާގެ ލޯ އަނދިރިވެ ކަންފަތް ބީރުވެ ހަތަރެެސްފައި އަނބުރާލާފައިވާ ކަމަށެވެ. އަދި އޭނާގެ ފައިތިލައިގައި ބޮޑު ލަކުނެއް އިން ކަމަށެވެ.
"ފެންނަ ފެނުމަށް އޭނާގެ އަނގައިގެ އެންމެ އެތެރޭގައި އިން ދަތްވެސް އިނީ ނަރު ކެނޑިއަކުން ހިފާ ބަދަލުކޮށްލާފަ" ވޮމްބިއަރގެ ބައްޕަ ފޮކްސްގައި ބުނެފައިވެއެވެ.
މިއިން އެއްވެސް ތުހުމަތަކަށް އުތުރުކޮރެއާއިން ޖަވާބެއް ދީފައި ނުވާއިރު އަދި މިފަދަ ބަދަލެއް ނަގައިދެވޭނެ އުސޫލެއް ގާއިމްވެފައި ނުވާއިރު މި ހުކުމްވެގެންދާނީ ރަމްޒީ ހުކުމަކަށެވެ.