''ހަފްތާ ރެސް''އަކީ ހަފްތާ ބަންދުގައި ބާއްވާ މަގުމަތީ ބާޒާރެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާނީ މުޅި މުޖުތަމައުގެ މަސްލަހަތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
''ހަފްތާ ރެސް'' މާކެޓްގައި މިއުޒިކް ޝޯވ ބާއްވާތީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނުރުހުންފާޅު ކުރެއްވުމާ ގުޅިގެން މިނިސްޓަރު މަހުލޫފް ވިދާޅުވީ ޑރ. އިޔާޒުގެ ނަސޭހަތް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށާއި، ކުރިއަށްދަނީ ހައްދުން ނުނެއްޓި މުޅި މުޖުމަތައުގެ މަސްލަހަތަށް ބަލައިގެން ކަމަށެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ ''ހަފްތާ ރެސް'' މާކެޓް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
“Hafathaa Res” akee hafthaa bandhuga baavaa magumathee baazaareh.
— Ahmed Mahloof (@AhmedMahloof) December 24, 2018
Alhugandumenge maqsadhakee zuvaanunnah viyafaareege furusathu hoadha dhinun.
Naseyhaiy shukuruverikamaaeku balaigannan.
Kuriah dhaanee hahdhun nunetti, mulhi mujthamauge maslahathah balaigen.
ހަފްތާ ބަންދާ ދިމާކޮށް ބާއްވާ މިމާކެޓްއާ ބެހޭ ގޮތުން ޑރ. އިޔާޒު ވިދާޅުވީ ''ހަފްތާ ރެސް'' ނުވަތަ ''ހަފްތާ ނިންމުން'' ނުވަތަ އެ ނޫން ނަމެއްގައި ވެސް ރޭގަނޑު 12 ޖަހަންދެން މިއުޒިކް ޝޯވ ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އިޝާ ނަމާދަށް ފަހު މުހިންމު ކަމެއް ނެތް ނަމަ އަވަހަށް ނިދުމަށް މިއުންމަތުގެ ރަސޫލާ މުހައްމަދުގެފާނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.