މާލެ-ހުޅުމާލެ ޓެކްސީ ދަތުރުތަކުގެ އަގާ މެދު ހިތްހަމަ ނުޖެހިގެން ބައެއް ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކޮށްފިއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ބުނި ގޮތުގައި ޝަކުވާއާ އެކު މިނިސްޓަރުގެ އަރިހަށް ދިޔައީ މިހާރު ކަނޑައަޅާފައިވާ އަގަކީ "ދަތުރުކުރެވޭނެ އަގުތަކަކަށް ނުވާތީ" އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545635622.png)
މިނިސްޓަރު ނަހުލާއާ ބައްދަލުކުރަން ދިޔަ ޓެކްސީ ޑްރައިވަރަކު ބުނީ އެންމެ ފަހުން ޓެކްސީގެ އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީ ސެންޓަރުތަކާ މަޝްވަރާނުކޮށް ކަމަށެވެ.
މިނިސްޓަރ ނަހުލާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ދިޔަ ހުރިހާ ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައް އަޑުއަހައި އެކަންތައް ހައްލު ކޮށްދިނުމައްޓަކައި މަސަތްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އާންމުނެގެ ހިޔާލު ހޯދުމަށްޓަކައި ފޯރަމެއް ބާއްވާނެ ކަމަށާއި ގަވާއިދު ހަދާނީ ހުރިހާ އެންމެންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކާރުތަކުގެ ވެރި ފާރަތްތައް ވެސް މަގުމަތި ނުކުރާނެ ކަމަށާއި ކުއްލިޔަކަށް ގަރާޖް އުވާލައިފި ނަމަ ސަރުކާރުން ޒިންމާ ނަގާނެ ކަމަށެވެ.
ފުލުހުން ބުނީ ޓްރާންސްޕޯޓުން ކަނޑައެޅި، ޓެކްސީ ކުރުމުގެ އަގުތަކާ ޚިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގު ނަގާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުން ދާތީ، އެ ކަންކަން ބެލުމަށް ޓެކްސީތައް މަގުމަތިން ހުއްޓުވައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުރި އިއުލާންގައިވާ ގޮތުން، މާލެ އާއި ހުޅުމާލެ، އެއް ތަނުން އަނެއް ތަނަށް ކުރާ ދަތުރުތަކަށް ނަގަން ޖެހޭނީ 25ރ. އެވެ. އަދި މާލެ އިން ހުޅުލެއަށް، އަދި ހުޅުމާލެ އިން ހުޅުލެ އަށް ކުރާ ދަތުރުތަކަށް ނެގުމަށް ހަމަޖައްސާފައި އޮތީ 35ރ. އެވެ. މާލެ އިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ނެގުމަށް ހަމަޖެހިފައި ވަނީ 40ރ. އެވެ.
ގިނަ ޓެކްސީ ޑްރައިވަރުން ބޮޑެތި އަގުތަކުގައި ދަތުރުތައް ނަގަނީ މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެއަށް ދިއުމަށެވެ. އެގޮތުން ބައެއް ޑްރައިވަރުން 100ރ. އަށް ވުރެ ގިނަ އިން ނަގަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ބޮޑު އަގެކެވެ.