ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 01:51
މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2018 ގެ އެވޯޑް ހަފްލާގެ ތެރެއިން
މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2018 ގެ އެވޯޑް ހަފްލާގެ ތެރެއިން
ވަން އޮންލައިން
މޯލްޑިވްސް ބޯޓިންގް އެވޯޑްސް
މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2018 ގެ އެވޯޑްތައް ހަވާލުކޮށްފި
ޖުމްލަ 27 ކެޓަގަރީއަކުން ވަނީ އެވޯޑްތައް ހަވާލުކޮށްފައި
އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2018 ގެ އެވޯޑްތައް ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ފާޝަނާ މާލަމުގައި ބޭއްވި މި އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލުއެވެ.

ޖުމްލަ 27 ކެޓަގަރީއަކުން ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ. އެގޮތުން ލިވްއަބޯޑް ކެޕްޓަން އޮފް ދަ އިޔަރ އެވޯޑާއި ސާފް ގައިޑް އޮފް ދަ އިޔަރގެ އެވޯޑާއި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ތިން މީހަކަށް ލިބިފައިވާއިރު ބާކީ އެވޯޑު ލިބިފައިވަނީ ޕްރައިވެޓް ކުންފުނިތަކަށެވެ.

އެވޯޑްތައް ލިބުނު ފަރާތްތަކަކީ:

  1. ލިވްއަބޯޑް އޮޕަރޭޓަރ އޮފް ދަ އިޔަރ: ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް
  2. ލިވްއަ ބޯޑް ބްރޭންޑް އޮފް ދަ އިޔަރ: ކާޕެޑިއަމް މޯލްޑިވްސް
  3. ބަންކަރިންގް އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ އިޔަރ: ހޯކްސް ޕްރައިވެޓް ލިމިޓަޑް
  4. ބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޓް: ލިއޯ ސަފާރީ
  5. ބެސްޓް ސާފް ސަފާރީ: ހޮރައިޒަން 2
  6. މޯސްޓް ޕްރިފަރޑް މެރިން އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ އިޔަރ: ޑީ ބްލޫ މެރިން
  7. މޯސްޓް ޕްރިފަރޑް މެރިން ޕެއިންޓް އޮފް ދަ އިޔަރ: އިންޓަރނޭޝަނަލް މެރިން ޕެއިންޓް، ސީގަލް މެރިން
  8. މޯސްޓް ޕްރިފަރޑް މެރިން އިންޖީން އޮފް ދަ އިޔަރ އައުޓްބޯޑް: ޔަމަހާ، އެލިއާ އިންވެސްޓްމަންޓްސް
  9. ބެސްޓް ޑައިވް ސަފާރީ: ސަޗީކާ
  10. ބެސްޓް ފިޝިންގް ސަފާރީ: ޑޯލްފިން 1، ބްލޫކޭ ސަފާރީ މޯލްޑިވްސް
  11. ބެސްޓް ކްރޫ ޓީމް: މަސޭލިއާ ސްޓާ
  12. ކެޕްޓަން އޮފް ދަ އިޔަރ: މުހައްމަދު ނަސީރު، ބްލޫ ހޮރައިޒަން
  13. ބެސްޓް ބޯޓް ޑިޒައިން: ސްކޫބާ
  14. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (5 ފޫޓާއި 25 ފޫޓާ ދެމެދުގެ): ކޮންކުއަރަ، ގެރެންޓީ ފައިބަރ ގްލާސް ފެބްރިކޭޝަން
  15. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (27 ފޫޓާއި 40 ފޫޓާ ދެމެދުގެ): އޭ އެސް ކޯސްޓް ކްރާފްޓް 37، އަލްޝާލީ މެރިން
  16. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (26 މީޓަރާ 40 މީޓަރާ ދެމެދުގެ): ޑައިވް ކްރާފްޓް ކްރޫޒަ 53، އެމްއީކިޔު ބޯޓްޔާޑް
  17. މެރިން އިންޖީރިއަނިންގް ސާރވިސް ޕްރޮވައިޑަރ އޮފް ދަ އިޔަރ: ވީއޭއެމްކޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް
  18. ޑޮކް ޔާޑް ސްލިޕްވޭ އޮފް ދަ އިޔަރ: އަލްޝާލީ މެރިން މޯލްޑިވްސް
  19. ބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޑަރ: ވޯޓަރ ލައިން މޯލްޑިވްސް
  20. ލިވްއަބޯޑް ޓްރެވަލް އޭޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރ އޮފް ދަ އިޔަރ: މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް
  21. މޯސްޓް ޕްރިފަރޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔަރ: ޔަންމާ، އެމްޓީސީސީ
  22. މޯސްޓް ޕްރިފަރޑް މެރިން ޖެނެރޭޓަރ ބްރޭންޑް އޮފް ދަ އިޔަރ: ސޮލޭ ޑީސެލް
  23. މޯސްޓް ޕްރިފަރޑް އިންޝުއަރެންސް ޕްރޮވައިޑަރ: އެލައިޑް އިންޝުއަރެންސް
  24. ޑައިވް ގައިޑް އޮފް ދަ އިޔަރ: ފަތުހުއްﷲ އަހްމަދު، ޑިއުން މޯލްޑިވްސް
  25. މެރިން އިންޑަސްޓްރީ އޮފް ދަ އިޔަރ: މޯލްޑިވްސް މެރިން އެކްސްޕޯ
  26. ބޯޓިންގް ޕާސަނަލިޓީ އޮފް ދަ އިޔަރ: އިސްމާއިލް ހަމީދު
  27. ސާފް ގައިޑް އޮފް ދަ އިޔަރ: އަހްމަދު މައުރޫފް، ދަ ޕަފެކްޓް ޓްރެވަލް ގްރޫޕް

މި އެވޯޑް ހަފްލާގައި ވާހަކަ ދައްކަވަމުން ލިވްއަބޯޑް އެސޯސިއޭޝަންގެ ސެކެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް ވިދާޅުވީ އެ އެސޯސިއޭޝަންގެ މަޤްސަދަކީ މި ދާއިރާ އިތުރަށް ފުޅާކޮށް، މި ދާއިރާއަށް އަލަށް މީހުން ނެރެދިނުން ކަމުގައެވެ.

މިދިޔަ އަހަރުވެސް މޯލްޑިވްސް ބޯޓިންގް އެވޯޑްސް ބާއްވާފައިވާއިރު އެ އަހަރު ޖުމްލަ 20 ކެޓަގަރީއަކުން ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް