ގެއްލިގެން ހޯދަމުންދިޔަ ޑިންގިއެއް މިހާރު އއ. އުކުޅަހަށް ވައްދާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްޑީއެފްގެ ކޯސްޓްގާޑުން ބުނީ ދެމީހުންނާއި އެކު އއ. ތޮއްޑޫއަށް ދަތުރު ކުރި ޑެންގީ މިހާރު އއ އުކުޅަހަށް ވައްދާފައި ވާކަމަށާއި، އެ ޑިންގީ ގެއްލުނުކަމުގެ ރިޕޯޓް ލިބިފައިވަނީ 1:30 އެހާކަން ހާއިރުކަމަށެވެ.
ޑިންގީ އެރަށު ފަޅުތެރެއަށް ވައްދަފައިވަނީ މިއަދު މެންދުރުފަހު 14:55 ގައިކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ޑިންގީ ގެއްލިގެން ރިޕޯޓު ކުރީ ޚަބަރެއް ނުވެގެން ލަސްވުމުން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވީ ޑިންގީ ގެއްލުނީ މިސްރާބު ގެއްލިގެންކަމަށެވެ. އެކަމުގެ ސަބަބުން ނަގިލި ވައްޓާލައިގެން ތިބީކަމަށާއި އަދި އުކުޅަހު އެންޓަނާ ފެނުމުން އެރަށަށް ދަތުރުކުރީކަމަށްވެސް ބުނެފައިވެއެވެ.