ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ދެ ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް ސޯލިހު ސްޓޭޓް މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ގ. އަލަފަރު، ހަދީޖާ އާދަމާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް، ގ. ޒަމާނީއާކުލަ މުޙައްމަދު ޝާފިޢީއެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް ސޯލިހު އައްޔަން ކުރެއްވި ސިޔާސީ ބޭފުޅުންގެ އަދަދަކީ 46 އެވެ. އަދި މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި އައްޔަން ކުރެއްވި ބޭފުޅުންގެ އަދަދު 40 އަށް އަރައެވެ.