އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.
އޭނާ މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަރުވާފައެވެ.
ހަނަފީއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އަދި އެ ޕާޓީގެ ސޯޝަލް މީޑިއާ ކޮމެޓީގެ މުގައްރިރެވެ.
ހަނަފީ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެ މަގާމުގައި ހުންނެވި ގ. ސިނަމާލެ، މުހައްމަދު އަންވަރު އާދީއްތަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ދެހާސްފަނަރަ ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވި އަންވަރު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުއްވެވި ސިޓީ ރައީސް ސޯލިހު ވަނީ ބަލައިގެންފައެވެ.